ދެންނެވުން
ނަންބަރު: MBBA/TD/2023/001
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި:
29 ސެޕްޓެންބަރު 2023 23:59
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އައު ދައުރަކަށް އިންތިހާބުކުރުމާއި ބެހޭ
މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 2 ވަނަ ދައުރު ހަމަވެ 3 ވަނަ ދައުރަކަށް ހިންގާ ކޮމިޓީ އިންތިޙާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ތިރީގައި
ބަޔާންކޮށްފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ހުޅުވާލަމެވެ. އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި
އިޢުލާންގައިވާ ލިންކްއިން ފޯމް ފުރުމަށް ދަންނަވަމެވެ.
- ރައީސް
- ނާއިބު ރައީސް
- ޖެނެރަލް ސެކްރެޓަރީ
- ޓްރެޒަރަރ
https://forms.gle/axVzo7Kcin3mkgTL6
ވީމާ، މަތީގައި ބަޔާންކޮށްފައިވާ މަޤާމްތަކަށް 29 ސެޕްޓެމްބަރ 2023 ވަާ ހުކުރު ދުވަހުގެ 23:59 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. އިތުރު މައުލޫމާތު
ހޯދުމަށް 9499553 ނުވަތަ 9499799 އަށް ގުޅުއްވުން އެދެމެވެ.
14 ސެޕްޓެންބަރު 2023