ނީލަން
ނަންބަރު: (IUL)332-ADHR/332/2023/104
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 01 އޮކްޓޫބަރު 2023 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެއިން ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިއުން

ރަށްވެހިގެއިން ހަލާކުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިއުން، 1 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގައި ރަށްވެހިގޭ ގޯތިތެރޭގައި އޮންނާނެއެވެ.

ނީލަންކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ލޮޓު ނަމްބަރު

މުދާ

ރޭޓް

ޢަދަދު

ނީލަންކިޔަން ފެށޭ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

01

ލަކުޑި އަލަމާރި  180*100*0.48 ސެންޓި މީޓަރގެ        

5.00

3

15.00ރ

1.00ރ

02

ޑްރެސިން ޓޭބަލް 0.80*0.68*0.37 ސެންޓި މީޓަރގެ        

5.00

3

15.00ރ

1.00ރ

03

ސިންގަލް އެނދު  

5.00

2

10.00ރ

1.00ރ

04

ޑަބަލް އެނދު

10.00

1

10.00ރ

1.00ރ

05

ޑަބަލް ގޮދަޑި

10.00

1

10.00ރ

1.00ރ

06

ސިންގަލް ގޮދަޑި

3.00

5

15.00ރ

1.00ރ

07

ޓީވީ ރެކް 0.67*0.76*0.48 ސެންޓިމީޓަރގެ

5.00

1

5.00ރ

1.00ރ

08

ޓީވީ ރެކް 1.13*0.57*0.79 ސެންޓިމީޓަރގެ

5.00

1

5.00ރ

1.00ރ

09

އިސްތިރިކުރާ މޭޒު

1.00

1

5.00ރ

1.00ރ

10

ލަކުޑި މޭޒު *1.20*0.76 ސެންޓިމީޓަރގެ

30.00

1

30.00ރ

1.00ރ

11

ގޮނޑި (ކާމޭޒުކައިރިގަ ބަހައްޓާ)

5.00

3

15.00ރ

1.00ރ

12

ސޯފާ ސެޓު

10.00

1

10.00ރ

1.00ރ

13

ސީލިންގް ފަންކާ (ކޭޑީކޭ)

1.00

6

6.00ރ

1.00ރ

14

ޓީވީ "21 ގެ (ސޮނީ)

1.00

1

1.00ރ

1.00ރ

15

ކަޅުހަން 2500 ލިޓަރގެ

100.00

4

400.00ރ

1.00ރ

16

އެއާރޕޯޓް ތަރުމޯޒު 3 ޅިޓަރުގެ

1.00

1

1.00ރ

1.00ރ

17

އެއްތެޔޮގޮނޑި

10.00

4

40.00

1.00ރ

18

ފެންއަޅާ ކޫލަރު 10 ލީޓަރުގެ

3.00

1

3.00

1.00ރ

ނީލަން ކިއުމުގެ އުސޫލު

  • ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަމްބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަމްބަރު ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް 2 ނުވަތަ 1 ބައވެރިންގެ ޙާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ފުރަތަމަ ނީލަންކިޔަން ފެށޭނީ މަތީގައިވާ ތާވަލުގައިވާ ބައިތަކުގެ (ލޮޓު) ނަމްބަރު ވަކިންނެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަންފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ އަގުންނެވެ.
  • ބައިތައް (ލޮޓު) ނީލަންކިއުމަށްފަހު ނީލަން ކާމިޔާބު ކޮށްފައިނުވާ ބައިތަކުގެ (ލޮޓު) ތެރެއިން އެއްބައެއްގައި (ލޮޓު) ތަކެތީގެ އަދަދު 1 ވުރެ ގިނަނަމަ މިތަކެތި ވަކިން ނީލަންކިޔަން ފެށޭނެއެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަންކިޔަން ފެށޭ އަގަކީ މަތީގައިވާ ތާވަލުގައި ނީލަން ފަށަން ކަނޑައަޅާފައިވާ ރޭޓެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތަށް، ނީލަމުގައި ބައިވެރިވާ ފަރާތްކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިއަކު އަގެއް ހުށަހަޅާ، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.
  • ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ޙާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބުކުރި ފަރާތަށް "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލު ކުރެވޭނެއެވެ.  
  • ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާސް ކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދައު ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކާ ޚަލާސް ކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ އެމުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ސެޕްޓެންބަރު 2023