ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-30/IUL/2015/06
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 05 މާރިޗު 2015 14:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރިސޯސް ޓީޗަރ (ޤުރްއާން)

އިޢުލާން

ވަޒީފާ ގެ ފުރުޞަތު

މި މަދަރުސާގެ، ތިރީގައިމިވާ މަޤާމަށް ކުރިމަތިލުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް ޢާންމުކޮށް ފުރުޞަތު ހުޅުވައިލަމެވެ.

* މަޤާމު: ރިސޯސް ޓީޗަރ (ޤުރްއާން)

* މަޤާމު އޮތްތަން: ގދ. އަތޮޅު މަދަރުސާ

* ވަޒީފާ އަދާކުރަންޖެހޭ ތަން: ގދ. އަތޮޅު މަދަރުސާ، ގދ. ގައަދޫ

* މަޤާމުގެ މުއްދަތު: މަޤާމު ހަމަޖެހޭ ތާރީޚުން ފެށިގެން، މަޤާމަށް ޝަރުޠު ހަމަވާ މީހަކު ލިބެންދެން  (3 މަހުން ތިންމަހުން ކޮންޓްރެކްޓްކުރާގޮތަށް)                                                                              

* މަޤާމުގެ ޝަރުޠު، ރޭންކް، ކްލެސިފިކޭޝަން، އަސާސީ މުސާރަ، ސަރވިސް އެލަވަންސް

މަޤާމް/ ނަންބަރު

ބޭނުންވާ އަދަދު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ރިސޯސްޓީޗަރ /

ޓްރެއިންޑް ޓީޗަރ / ގުރެޖުއޭޓް ޓީޗަރ / ކޮލިފައިޑް ޓީޗަރ

 

GS3

ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ހަމަނުވާ

ޤާރީ ކޯހުގެ ލެވެލް 2 ގެ ސެޓްފިކެޓް ނުވަތަ ލެވެލް 3 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން.

4000.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

 

 

 

 

 

 

01

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

5000.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

5610.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

6295.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝާރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބަފައިވުން.

7035.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

* މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. މި މަދަރުސާއިން ހަމަޖައްސާ ކިލާސްތަކަށް ޤުރްއާން ކިޔަވައިދިނުން.

2. ކިޔަވައިދިނުމުގެ ކުރިން، ކިޔަވައިދިނުމަށްޓައި ތައްޔާރުކުރަންޖެހޭ ސްކީމްތަކާއި ލެސަން ޕްލޭންތައް ތައްޔާރުކުރުން.

3. ކިޔަވައިދެވޭގޮތުގެ މަޢުލޫމާތު ކިލާސް ރެކޯޑުތަކުގައި ދުވަހުން ދުވަހަށް ލިޔުން.

4. ދަރިވަރުންގެ ފެންވަރު ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

5. ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުމަށް މަދަރުސާގެ އެހެން ޓީޗަރުންނާއި ލީޑިންގ ޓީޗަރުންގެ އެހީތެރިކަން ހޯދައިގެން ކިޔަވައިދިނުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުން.

6. ދަރިވަރުންގެ ތެރެއިން އުނގެނުމުގެ ފެންވަރުދަށް ކުދިންނަށް އިތުރުއެހީދޭ ކިލާސްތައް ނަގައިގެން، އެފަދަ ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

7. ދަރިވަރުންގެ ކިޔެވުމާއި ސްލޫކީ މިންގަނޑާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެނިވެރިނާ ހިއްސާކުރުން.

8. ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށްޓަކައި، ތިމާގެ އުޅުން، ދަރިވަރުންނާއި ބެލެނިވެންނާއި މުޖުތަމަޢު ބަލައިގަންނާނެ ފަދަ ރަނގަޅު ގޮތަކަށް ބެހެއްޓުން.

* މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓައި ބެލޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓްދިނުމަށްފަހު، އޭގެތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާގޮތަށެވެ. އެއީ،                                                                                    

* ލިބިފައިވާ ތަޢުލީމާއި ތަމްރީން  50%

* މަސައްކަތުގެ ތަޖުރިބާ  16%

* މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް 34%

* މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިޓީއެއް، ތިރީގައިވާ ލިޔުންތަކާއެކު، 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، މި މަދަރުސާއަށް ހުށާހެޅުން އެދެމެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިޓީއެއް މި މަދަރުސާގެ އިދާރާއަށް ފޮނުވުން.                                                                                             ް

2. ލިބިފައިވާނަމަ، ތަޢުލީމީ ސަނަދު/ ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ، އަޞްލާ އެއްގޮތްކަމަށް ރަސްމީފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނުނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

4. ކިޔަވައިދިނުމުގެ ރޮނގުން ތަޖުރިބާ ލިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތައް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނުނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރަކާއެކު)

* އިންޓަވިޔުކުރުން:

1. މި މަޤާމަށް ކުރިމަތިލާ ފަތާތްތަކުގެ ތެރެއިން އިންޓަވިޔު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

2. އިންޓަރވިޔު އޮންނާނީ، ގައްދޫ ކައުންސިލްގެ އިދާރާގައެވެ.

3. އިންޓަވިޔުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިޔު ބޭއްވޭނެ ތަނާއި، އިންޓަވިޔު ކުރުން އޮންނަ ތާރީޚާއި ގަޑި، މި މަދަރުސާއިން ލިޔުމުން އަންގަމުން ގެންދާނެއެވެ.

* އިތުރު މަޢުލޫމާތު:

1. މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ގުޅާނީ، ސަރުކާރު ބަންދުނުން ދުވަސްތަކުގެ ރަސްމީ ގަޑީގައި  7983083 ނަންބަރު ފޯނަށް ނުވަތަ 7976736 ނަންބަރުގެ މޯބައިލް ފޯނާއެވެ.

އެހެނިހެން މަޢުލޫމާތު:

1. މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރު ވެފައިވާ ފަރާތްތަކަށް ވެގެން ނުވާނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅަންޖޭ ސުންގަޑީ ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

3. އެކްރެޑިޓް ނުކޮށް އަދި އެޓެސްޓް ނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.  

5 ޖުމުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015