ދެންނެވުން
ނަންބަރު: N5C-A/2023/11
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 05 އޮކްޓޫބަރު 2023 13:00
ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު

ކޮޅުމަޑުލު ގުރައިދޫ މެޖިސްޓްރޭޓް ކޯޓް

   ގުރައިދޫ / ދިވެހިރާއްޖެ                                                     

                                               އިއުލާން                      

މަޤާމް:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމިޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

މަސައްކަތްކުރަންޖެހޭ ތަން:

މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން

(ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ)

އުޖޫރަ އާއި ޢިނާޔަތްތައް:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

(ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ)

އަސާސީ ޝަރުޠު:

1-  ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

2-  ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

3-  ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

1-  އަގުކޮމިޓީގެ މެމްބަރުކަމަށްއެދޭ ސިޓީ 

2-  އައި.ޑީ ކާޑުގެ ކޮޕީ

3-  މެމްބަރު ކަމަށް އެދޭ ފަރާތުގެ ވަނަވަރު

4-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ސިޓީތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

ސުންގަޑި:

2023  އޮކްޓޯބަރ 05  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިކޯޓުގެ ނަންބަރު 6780654،6780655 ފޯނަށް ގުޅުއްވުން އެދެން.  އީމެއިލް:[email protected]

18 ސެޕްޓެންބަރު 2023