ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)382/382/2015/11
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 20:00
ސުންގަޑި:
03 މާރިޗު 2015 15:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ. ބުރުނީ ޔޫތު ސެންޓަރ އަޅާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން
ބުރުނީގައި ޔޫތު ސެންޓަރ ޢިމާރާތްކުރުމަށް ދޫކޮށްފައިވާ ބިމުގައި 1 ން 57 އަށް އޮރެންޖް ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހު އޮފީސް ބަންދު ކުރުމުގެ ކުރިން ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިއުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
3 ޖުމާދަލްއޫލާ 1436
22 ފެބުރުވަރީ 2015