ބީލަން
ނަންބަރު: (IUL)322/322/2023/102
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި:
04 އޮކްޓޫބަރު 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ޙަޟާރާގެ ދޮރުތައް ބަދަލުކޮށް ކުލަލުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިއިދާރާގެ ނަންބަރ (IUL)322-M/322/2023/99 (07 ސެޕްޓެމްބަރ 2023) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ބައިވެރިވާން ނޯޓްކޮށްފައި ނުވާތީވެ، އަލުން މިރަށު މަސްޖިދުލް ޙަޟާރާގެ ދޮރުތައް ބަދަލުކޮށް ކުލަލާން ބޭނުންވާތީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2023 ން 21 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށް މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.
- މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
18 ސެޕްޓެންބަރު 2023