ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2023/102
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 20 ސެޕްޓެންބަރު 2023 12:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސޯޓްތަކުގެ ކްރިކެޓް މުބާރާތާއި ގުޅޭ:

ރ.އަތޮޅުގައި ހިންގާ ރިސޯޓްތަކުން އިންތިޒާމްކޮށްގެން ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރިސޯޓްތަކުގެ ކްރިކެޓް މުބާރާތް މި ހިނގާ ސެޕްޓެމްބަރު މަހުގެ 22،20 އަދި 24 ވަނަ ދުވަހު ރ. ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކްރިކެޓް މުބާރާތް ކުރިޔަށްދާ ދުވަސްތަކުގައި ތަފާތު ކާބޯތަކެތި ދަނޑުގައި ވިއްކުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާގައި ނަންނޯޓް ކޮށްގެން ސްޓޯލް ހުޅުވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. ސްޓޯލް ހުޅުވުމަށް ނަން ނޯޓް ކުރެވޭނީ މިއަދުން ފެށިގެން 2023 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެ، ނުވަތަ ކައުންސިލް އިދާރާގެ ފޯން ނަމްބަރު 6582701 އާއި ގުޅައިގެންނެވެ. ސްޓޯލް ތައްޔާރު ކުރުމަކީ އެފަރާތަކުން ކުރަންޖެހޭނެ ކަމެކެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 ސެޕްޓެންބަރު 2023