މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/019
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:15
ސުންގަޑި:
17 މާރިޗު 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ އެކްސްޓެންޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ އެކްސްޓެންޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާ ބެހޭ.
މިކުންފުނީގެ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ އިންޖީނު ރޫމުގެ އެކްސްޓެންޝަންގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ އައްޑުއަތޮޅު ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.
07 ޖުމާދަލްއޫލާ 1436
26 ފެބުރުވަރީ 2015