ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2023/71
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 24 ސެޕްޓެންބަރު 2023 16:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ބިލްޑިންގ ސާރވެޔާރ

ވަޒީފާގެ ފުރުސަތު: ބިލްޑިންގ ސާރވެޔާރ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ބިލްޑިންގ ސާރވެޔާރ

ބޭނުންވާ އަދަދު

02

ކުރިމަތިލުމުގެ  ސުނަގަޑި

24 ސެޕްޓެމްބަރ 2023 އާދިއްތަ ދުވަހުގެ 16:00

 

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/6FJ3j3FUB816dVqj7

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ 
  3. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2023