މަސައްކަތް
ނަންބަރު: (IUL)268/2023/37
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 20 ސެޕްޓެންބަރު 2023 11:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނިވާ ޒާތުގެ ކުނި ނައްތާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނޭކުރެންދޫ ކައުންސިލުން ފޯރުކޮށްދޭ ކުނި އުކުމުގެ ޚިދުމަތުގެ ދަށުން ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތީން ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

20ސެޕްޓެމްބަރ 2023

ބުދަ

11:30

ނޭކުރެންދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް

ބީލަންތައް ހުޅުވުން

26ސެޕްޓެމްބަރ 2023

އަންގާރަ

11:30

ނޭކުރެންދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް

 

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

ފޯން: 6520042

އީމެއިލް: [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02ރަބީޢުލްއައްވަލް 1445

17 ސެޕްޓެމްބަރ 2023

17 ސެޕްޓެންބަރު 2023