ބީލަން
ނަންބަރު: (IUL)332-MS/332/2023/102
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި:
05 އޮކްޓޫބަރު 2023 10:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ދިއްފުށީ ބަނދަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދައުވަތު
- ކ.ދިއްފުށީ ބަނދަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 17 ސެޕްޓެމްބަރ 2023 ން 26 ސެޕްޓެމްބަރ 2023 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް 17 ސެޕްޓެމްބަރ 2023 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 04 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 05ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
02 ރަބީޢުލްޢައްވަލް 1445
17 ސެޕްޓެމްބަރ 2023
17 ސެޕްޓެންބަރު 2023