ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-ESMSMS/419/2023/92
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:25
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލުން ފޯރުކޮށްދޭ ޢާއްމު އެކިއެކި ޚިދުމަތްތަކާއި އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ހުށަހަޅަން ބޭނުންވާ ޝަކުވާތަކަށް ފޯމް ހުށަހެޅުން

ގައްދޫ ކައުންސިލުން ފޯރުކޮށްދޭ ޢާއްމު އެކިއެކި ޚިދުމަތްތަކާއި އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ހުށަހަޅަން ބޭނުންވާ ޝަކުވާތަކަށް ފޯމް ހުށަހެޅުން

ގައްދޫ ކައުންސިލުން ފޯރުކޮށްދޭ ޢާއްމު އެކިއެކި ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް އެ ޚިދުމަތްތައް ލިބިގަތުމުގައި އެކިފަހަރު އެކިގޮތަށް އަމަލުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކައުންސިލުން ފޯރުކޮށްދޭ ޢާއްމު އެކިއެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް، "ޢާއްމު ޚިދުމަތްތަކަށް އެދި ހުށަހަޅާ ފޯމް" ނަމުގައި ފޯމެއް މިހާރުވަނީ ތައްޔާރު ކޮށްފައެވެ. އަދި ހަމައެއާއެކު އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށްޓަކައި "އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ޝަކުވާ ހުށަހަޅާ ފޯމް" ނަމުގައި ފޯމެއް ވަނީ ތައްޔާރު ކޮށްފައެވެ.

އެހެންކަމުން މިއަދުން ފެށިގެން ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޢާއްމު ޚިދުމަތްތަކަށް އެދި ހުށަހަޅާ ކަމުގައިވާނަމަ މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ "ޢާއްމު ޚިދުމަތްތަކަށް އެދި ހުށަހަޅާ ފޯމް" އަދި އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ކަމުގައިވާނަމަ މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ "އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލަށް ޝަކުވާ ހުށަހަޅާ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

17 ސެޕްޓެންބަރު 2023