ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2023/86
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި:
26 ސެޕްޓެންބަރު 2023 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތިކޮމިޓީ އެކުލަވާލުމާއި ބެހޭ
ގޯތިކޮމިޓީ އެކުލަވާލުމާއި ބެހޭ
ދިރިއުޅުމަށްޓަކައި ކ.ތުލުސްދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓުގެ 75 ބަންޑާރަގޯތި ދޫކުރުމަށް ހެދިފައިވާ އުޞޫލްގައިވާ ގޮތުގެމަތީން ގޯތިދޫކުރުމާބެހޭ ކޮމިޓީއެއް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ ތެރެއިން 2 ބޭފުޅެއް، އަދި ރަށުގެ ޖަމްއިއްޔާތައް ތަމްސީލު ކުރާނެ 2 ބޭފުޅެއް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ އައި. ޑީ ކާޑު ކޮޕީއާއި އެކު އަދި ޖަމްއިއްޔާ ތަމްސީލު ކުރައްވާނަމަ ތަމްސީލްކުރައްވާ ޖަމްއިއްޔާގެ ލިޔުމާއި އެކު 2023 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށައެޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
.02 ރަބީޢުލްއައްވަލް 1445
17 ސެޕްޓެންބަރު 2023