ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/411
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:01
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. މުރައިދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް
(IUL)38-AC/38/2023/411 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލް ބައި-އިލެކްޝަން
މި ކޮމިޝަނުގެ ނަންބަރު :(IUL)38-CA/38/2023/385 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2023 އޮކްޓޫބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. މުރައިދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ފާޠިމަތު މުނާ |
ފެހިވިނަގެ، ހއ. މުރައިދޫ |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
17 ސެޕްޓެންބަރު 2023