ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)374-A/374/2023/44
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 24 ސެޕްޓެންބަރު 2023 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ J-378624 މަޤާމަށް މީހަކު ހޯދުން

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

 

 

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-378624

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700/- ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
  3. ގޯތިންބޭރު ރުއްގަސް އިންދުމުގެ ހުއްދަ ކައުންސިލުން އެއްވެސް ފަރާތަކަށް ދީފިނަމަ، އެފަރާތަކުން އިންދާ ރުއްގަސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީގައި ކުށްނުލައި ރީތިކޮށް ލިޔެ ރަޖިސްޓްރީކުރިކަމަށް އެފަރާތަކަށް އެންގުމާއި، އެއްވެސް ފަރާތަކުން އެފަރާތުގެ ރުއްގަސް ކެނޑުމުގެ ހުއްދައަށް އެދިއްޖެނަމަ ވަގުތުން ހުއްދަ ދިނުމާއި ލަސްވެގެން 2 ދުވަހުގެ ތެރޭގައި އެކެނޑި ރުއްގަސް ރަޖިސްޓްރީން އުނިކޮށް، ރުއްގަހުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުން.
  4. އެއްވެސް ހާލަތަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ރުއްގަހަށް ބަދަލުދޭން ޖެހިއްޖެނަމަ ރުއްގަސް ހުރި ސަރަހައްދު ބަލައި، ބަދަލަށް ހަމަޖައްސައިދެވެން ހުރިނަމަ ބަދަލު ދިނުމާއި އަދި ބަދަލަށް ނެގި ރުއްގަހުގެ މައުލޫމާތު ނަގައި ދުވަހުން ދުވަހަށް ރަޖިސްޓްރީ ފުރިހަމަކުރުން.
  5.   ރަށުކައުންސިލް އިދާރާއިން ނީލަން ކިޔަންޖެހޭ ރުއްގަސް ނީލަން ކިޔުމަށްޓަކައި ކުށްނުލައި ސާދާ ޢިބާރާތުން އިޢުލާންލިޔެ އާންމުކުރުމާއި ނީލަން ކިޔާ ރުއްގަހުގެ ލިސްޓު ނަގައި ތައްޔާރުކޮށް އިއުލާނުގެ މުއްދަތު ހަމަވުމުން އާންމުކޮށްފައިވާ ސަރަހައްދަށްގޮށް ނީލަންކިޔައި ޝީޓުގައި ސޮއިކޮށް ލަސްވެގެން ނީލަން ކިޔާތާ 1 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ސެކުޝަންތަކާ ހަވާލުކޮށް މައްސަލަ ފައިލްކުރުން.
  6. ޤަވާޢިދު ނަމްބަރު: 2014/R-109 (މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދާއި އުސޫލު) ގައިވާ ގޮތުގެމަތިން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ މަހަކު 1 ދުވަހު މަގުގޯޅިތަކާއި، އިޖުތިމާއީ ސަރަޙައްދުތައް ބަލައި ސާފުކުރަންޖެހޭ ތަނެއް ހުރިނަމަ އެތަނެއް ސާފުކުރުމަށް އެންގުމާއެކު ސާފުކުރުމަށް ދޭ މުއްދަތު ހަމަވުމުން ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގި ތަންތަން ސާފުކުރިތޯ ބެލުމާއި ސާފުނުކުރާ ތަންތަނުގެ މަޢުލޫމާތު ސުޕަވައިޒަރާ ހިއްޞާކުރުން.
  7. ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމުކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެން ހުރި އެންމެހައި ކަންކަން ކުރުމާއި، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުނިސިޕަލް ސަރވިސަސް ސެކްޝަނާއި ގުޅުންހުރި ޖިނާޢީކުށެއް ތަޙްޤީޤްކުރަން ޖެހިއްޖެނަމަ، ކައުންސިލުން ނިންމާ ގޮތެއްގެމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުން.
  8. މުނިސިޕަލް ސަރވިސަސް ސެކްޝަނާއި ގުޅުންހުރި ބައްދަލުވުންތަކާއި ކޮންފަރެންސްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  9. ޕެސްޓް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވައި ބެލެހެއްޓުން.
  10. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕުރައިމަރީ ހެލްތް ކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައް ކައުންސިލުން ނިންމާ ގޮތެއްގެމަތިން ދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕުރައިމަރީ ހެލްތް ކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައް ކައުންސިލުން ނިންމާ ގޮތެއްގެމަތިން ދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނޭ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށް ދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމުމުގެ މަސައްކަތް ކައުންސިލުން އިންތިޒާމުކުރާ ގޮތެއްގެމަތިން ކުރުން.
  13. ރަށުގެ ފަޅުން ވެލި ނަގަން އެދޭ ފަރާތްތަކަށް ވެލިނަގަން ހުއްދަ ދިނުމާއި އެކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  14. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންތައްތައް ކައުންސިލުން ނިންމާ ގޮތެއްގެމަތިން ކުރުން.
  15. ކުލަބު ޖަމުޢިއްޔާތަކާއި ކޮމިޓީތަކުގެ ޙަރަކާތްތައް ހިންގުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  16. ހަމަޖެހިފައިވާ އުޞޫލުން އިދާރާ ހުޅުވައި ލެއްޕުން.
  17. ޤަވާޢިދު ނަމްބަރު 2014/R-111 (ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ޤަވާޢިދާއި އުސޫލު) އާ ޚިލާފަށް، ފުރާޅުގެ ފެން މަގަށް ދާގޮތަށް ހުރި ތަންތަން މަދުގެން 2 މަހުން 1 ފަހަރު ބަލައި އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް އެންގުމުންވެސް އިސްލާޙު ނުކުރާ ތަންތަނުގެ ވެރިންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުން.
  18. ތިރީގައި ދަންނަވާފައިވާ ގޮތުގެމަތީން މިސްކިތްތައް ބެލެހެއްޓުން.
    (ހ) މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮންމެ 06 މަހުން 01 ފަހަރު ބެލުމާއި، އެ މަޢުލޫމާތު ސްޕަވައިޒަރާ ޙިއްސާކުރުން.
    (ށ) ކޮންމެހެން ކުރަންޖެހޭ މަރާމާތެއްނަމަ (ބަންގި ސިސްޓަމަށް ދިމާވާ މައްސަލަތައް ފަދަ) ވަގުތުން އެކަމެއް ޙައްލުކުރުމަށްޓަކައި މަސައްކަތްކުރުން.
    (ނ) މިސްކިތު މަސައްކަތު މުވައްޒަފުން މަސައްކަތްކުރަމުން އަންނަގޮތް ބަލައި މިސްކިތް ސާފުކުރުމަށް ބޭނުންވާ ތަކެތި ކޮންމެ މަހަކު 02 ފަހަރު ސްޓޮކުން ހޯދައި ޙަވާލުކުރުން.
    (ރ) މިސްކިތުގެ މުވައްޒަފުންގެ ޗުއްޓީ، ސަލާމް، އިތުރުގަޑީގެ ފޯމުތައް ފުރައި އިދާރީ ސެކުޝަނާ ހަވާލުކުރުން.
  19. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.
  20. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިޔުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  21. މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

  1. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 މިމަޤާމުގެ ތަޢުލީމީ ރޮނގުތައް ތިރީގައި އެވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://www.csc.gov.mv/PostStructure/Index/36

 

3. މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

   އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2023 އޮކްޓޫބަރު 04 އާއި 08 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

02 ރަބީޢުލްއައްވަލް 1445

17 ސެޕްޓެންބަރު 2023

17 ސެޕްޓެންބަރު 2023