ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)475/475/2023/191
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:11
ސުންގަޑި: 21 ސެޕްޓެންބަރު 2023 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިއުލާން އެމެންޑްމަންޓް 1 - ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: (IUL)475/475/2023/191

އިއުލާން އެމެންޑްމަންޓް 1

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ މެރިން އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެއެވެ.

 

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް ކުރެވިފައިވާ ނަންބަރު(IUL)475/475/2023/170  އިއުލާނުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންގެ މައުލޫމާތު އަދި އަންދާސީ ހިސާބު ހުށައެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި އިޢުލާނާ އެކު ޓެކްނިކަލް ސްޕެސިފިކޭޝަނަށް އިތުރުވެފައިވާ މައުލޫމާތު އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ހިމެނިފައިވާ އެމެންޑްމަންޓް މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  13:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

ފޯން: 306982/3026975

15 ސެޕްޓެންބަރު 2023