ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2023/46
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:57
ސުންގަޑި: 26 ސެޕްޓެންބަރު 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ނ. މާފަރުން ދިރިއުޅުމަށްޓަކައި  ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު(IUL)290-ADMIN/290/2023/1 (05 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ނ. މާފަރުން  ބަންޑާރަ ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިޢުލާނާއިއެކު ޢާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން،  26 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ. 

29 ޞަފަރު    1445

14 ސެޕްޓެންބަރު 2023