ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2023/98
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 26 ސެޕްޓެންބަރު 2023 12:45
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތްތެރި މަސައްކަތް ކުރުމަށް ބިން ދޫކުރުން

ދިރާގަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގު ފަރާތުން އިންވެގެން އޮތް ބިމުން 1365 (ތޭރަސަތޭކަ ފަސްދޮޅަސް ފަހެއް) އަކަފޫޓުގެ ބިން އަތްތެރި މަސައްކަތް ކުރުމަށް ދޫކުރުމަށް ކަނޑައަޅައިފީމެވެ. 10 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 17 ސެޕްޓެމްބަރ 2023 އިންފެށިގެން 25 ސެޕްޓެމްބަރ 2023 ވަނަދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/800ރ. (އަށްސަތޭކަ ރުފިޔާ) އަށެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 12:45 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ސެޝަންއެއް 19 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:15 ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މައުލޫމާތު ސެޝަން ގައި ބައިވެރި ނުވާ ފަރާތް ތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

14 ސެޕްޓެންބަރު 2023