ދިވެހިރާއްޖެ
ނަންބަރު: 337/337/2023/112(IUL)
އިޢުލާން
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން
ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)337/337/2023/108 (07 ސެޕްޓެމްބަރު 2023) އިޢުލާނާއި "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 26 ވަނަ މާއްދާގެ ދަށުން ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބޭތަން ކަނޑައެޅުމަށް ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި (ބިން ނަންބަރު) ގުރުއަތު ނެގުން 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 16:00ގައި މާފުށީ ސްކޫލްގެ ހޯލްގައި ޢާންމުކޮށް ހުޅުވާލައިގެން އޮންނާނެވާހަކަ ދަންނަވަމެވެ. ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު (ބިން ނަންބަރާއިއެކު) މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ހުރިހާ ފަރާތްތަކުން ގުރުނެގުމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ. ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޟިރު ނުވާނަމަ ގުރުއަތު ނަގާނީ ކޮމެޓީން ކަނޑައަޅާ ކޮމެޓީގެ މެންބަރުންނެވެ. ގުރުއަތުލުމުގައި ބައިވެރިނުވެވޭ ފަރާތްތަކުން ބަދަލުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ނަން، އައިޑީކާޑު ނަންބަރު، ދާއިމީ އެޑްރެހާއި ގުޅޭނެ ފޯން ނަންބަރު ހިމެނޭ ގޮތުގެ ލިޔުމެއް 20 ސެޕްޓެމްބަރު 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.
ގުރުނެގުމަށް ބާއްވާ މިބައްދަލުވުމުގައި ޢާންމު ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
29 ޞަފަރު 1445
14 ސެޕްޓެމްބަރު 2023