ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލާ ގެނެވުނު ބަދަލު ޢާއްމުކުރުމަށް މި ކައުންސިލުންކުރި ނަމްބަރ: 83 (IUL)257/257/2023/ (4 ސެޕްޓެންބަރު 2023) އިޢުލާންއާއި ގުޅިގެން ހުށައެޅި ޝަކުވާތައް ބަލާ ޕޮއިންޓް ދީފައިވާ ގޮތަށް އިތުރު ބަދަލެއް އައިސްފައި ނުވާތީ ދަންނަވަމެވެ.
ބާރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ލިބިފައިވާގޮތަށް ބަލާއިރު 72 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ކަށަވަރުކުރެވޭ ފަރާތެއް ކަނޑައެޅޭނީ ގުރުއަތުން ނެގޭ ފަރާތެކެވެ. އެހެންކަމުން 72 ޕޮއިންޓް ލިބިފައިވާ 19 ފަރާތުގެ ތެރެއިން ގޯތި ކަށަވަރު ކުރެވޭ 5 ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 2023 ސެޕްޓެންބަރު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބާރަށު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
ވީމާ މި ގުރުއަތުގައި ބައިވެރި ވުމަށް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި މިވާ 19 ފަރާތުން ދެންނެވުނު ގަޑިއަށް މި އިދާރާއަށް ހާޒިރުވެ ދެއްވުމަށް ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި އަންނަ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. އަދި ގުރުއަތުގައި ބައިވެރިވުމަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވާފައިނުވާނަމަ، ގުރުއަތު ނެގުން ކައުންސިލުން ކުރިއަށް ގެންގޮސް ނިންމާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.