ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ޖެނެރަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2023/042
ހުޅުމާލެ ހޮސްޕިޓަލަށް ޖެނެރަލް ކޮންޒިއުމަބަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ރެޖިސްޓްރޭޝަން:
ބިޑް ރެޛިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:
|
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް 20 ސެޕްޓެންބަރު 2023ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ. https://forms.gle/SXcjNX234Fg8xVR37 |
އަންދާސީ ހިސާބު ހުށަހެޅުން: |
26 ސެޕްޓެމްބަރު 2023 ވާ ބުދަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.
|
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 ސެޕްޓެންބަރު 2023ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152
އީ-މެއިލް: [email protected]
13 ސެޕްޓެނަބަރު 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް