ކުއްޔަށް ދިނުން
ނަންބަރު: (IUL)385/385/2023/19
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 14 ސެޕްޓެންބަރު 2023 13:30
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝަހީދު ޖަވާދު ބަގީޗާ ގެ ހަޓް ކުއްޔަށް ދޫކުރުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޝަހީދު ޖަވާދު ބަގީޗާގެ ހަޓް ކުއްޔަށް ހިފާނެ  ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަށް ރަޖިސްޓްރީ ވެވެނީ 2023 ސެޕްޓެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 08:30 ން ފެށިގެން 2023 ސެޕްޓެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:30 އާއި ހަމަޔަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާގައި އެވެ. އަދި މި ބީލަމާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެމްބަރ 25 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައިއެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 28 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. ބީލަމުގައި ރަޖިސްޓްރެވެފައި ނުވާ ފަރާތްތަކާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚާއީ ވަގުތުގެ ފަހުން ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6780004 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2023