މުބާރާތް
ނަންބަރު: (IUL)330-B/330/2023/53
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖު 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ކ.ކާށިދޫގައި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި، ހުނަރުވެރި މޮޅު ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2023"  މުބާރާތް 15 އޮކްޓޯބަރ 2023  ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

    މިމުބާރާތް ހުޅުވާލެވިފައިވަނީ މިރަށަށް ނިސްބަތްވާ ކުލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރުގެ މުއައްސަސާތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ފުރުވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ ސުން ގަޑިއަކީ 05 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

    މުބާރާތުގެ ޤަވާއިދާއި، ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7939322  އަށް ގުޅުއްވުން އެދެމެވެ.  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2023