ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/316/316/2023/86
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:47
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ދެވޭ ބިންތަކުގެ އަގު ކަނޑައެޅުން
ބ. ކިހާދޫގައި ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ކުއްޔަށް ދޫކުރެވޭ ބިންތައް، ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގު، 1 ސެޕްޓެމްބަރ 2023 އިން ފެށިގެން ތިރީގައި މިދަންނަވާ ގޮތަށް ކަނޑައެޅުމަށް މި ކައުންސިލުގެ 4 ވަނަ ދައުރުގެ 68 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
- ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް 3.00 ރުފިޔާ އަކަފޫޓަކަށް.
- ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް 0.10 ރުފިޔާ އަކަފޫޓަކަށް.
- އާންމުން ދިރިއުޅޭ ސަރަހައްދުތަކުން 1.00 ރުފިޔާ އަކަފޫޓަކަށް.
- ބަނދަރު ސަރަހައްދުން 2.00 ރުފިޔާ އަކަފޫޓަކަށް.
- ގެސްޓްހައުސްތަކަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތައް $4.00 ޑޮލަރު އަކަމީޓަރަކަށް.
- ޓްވަރިޒަމް އާގުޅޭ އެހެނިހެން ބިންތައް(ޑައިވް، ވޯޓަރ ސްޕޯޓްސް) 8.00 ރުފިޔާ އަކަފޫޓަކަށް.
- ކޭބަލް ޓީވީ އަދި މުވާސަލާތީ ބޭނުންތަކަށް 1.00 ރުފިޔާ އަކަފޫޓަކަށް.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ސެޕްޓެންބަރު 2023