ނީލަން
ނަންބަރު: (IUL)A-385/2023/11
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 20 ސެޕްޓެންބަރު 2023 13:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ދިޔަމިގިލީ ފަޅުތެރޭގައިވާ މެދުފުށި ބެލެހެއްޓުން ވަރުވާއަށް ޙަވާލުކުރުމާބެހޭ

ތ. ދިޔަމިގިލީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ތ. މެދުފުށި ވަރުވާއަށް ބަލަހައްޓަމުންގެންދެވި ފަރާތުން މިހާރު މިވަނީ މިރަށް ދޫކޮށްލާފައެވެ.

            ވިމާ، ތ. މެދުފުށި ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ތ. މެދުފުށި 3 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށްޓަކާ އަނގަބަހުން ނީލަންކިއުން 2023 ސެޕްޓެމްބަރ 20ވާ ބުދަ ދުވަހު 13:00ގައި ގަނޑުވަރު މަގު އިރުމަތީކޮޅު ކާނިގަސްދޮށުގައި އޮންނާނެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން 2023 ސެޕްޓެމްބަރ 20ވާ ބުދަ ދުވަހު 13:00ށް  ގަނޑުވަރު މަގު އިރުމަތީކޮޅު ކާނިގަސްދޮށަށް ވަޑައިގެންދެއްވުން އެދެމެވެ. މިނީލަން ފެށޭ އެންމެ ދަށްއަގަކީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/50ރ (ފަންސާސް ރުފިޔާއެވެ.) ނީލަން ކާމިޔާބު ކުރާއަގަކީ، މީލާދީ ގޮތުން 3 އަހަރު ދުވަސް ހަމަވަންދެން މަހުކުއްޔެއްގެ ގޮތުގައި ކޮންމެ މަހަކުވެސް ދައްކަން ޖެހޭނެ އަގަކަށްވާތީ، ކޮންމެ މީލާދީ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވަން ޖެހޭނެއެވެ.

            އަދި، މިފަހަރު މިނީލަން ކާމިޔާބުކުރާ ފަރާތުން އެގްރީމަންޓް ސޮއިކުރުމުގެ ކުރިން ދޫކޮށްލާނަމަ ނީލަން ނިމުނުއަގު ދެމަސްދުވަހަށްވާ ފައިސާ މި އިދާރާއަށް ދައްކަން ޖެހޭނެއެވެ. އަދި، އެގްރީމަންޓް ސޮއިކުރުމުގެ ފަހުންނަމަ ޢަމަލުރާނީ އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ސެޕްޓެންބަރު 2023