ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)LHAH-AH/LHAH/2015/6
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 12 މާރިޗު 2015 15:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ބޭނުންވާ އަދަދު: 1 (އެކެއް)

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

4465.00 ރުފިޔާ

މުސާރަ:

މަސައްކަތް ކުރަންޖެހޭ ތަން: ޅ. ކުރެންދޫ ޞިއްޙީ މަރުކަޒު

- އޮފިސަރ ގްރޭޑް 1

- ޖީ އެސް 3

ކްލެސިފިކޭޝަން / ރޭންކް:

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1- ދުވަހުން ދުވަހަށް ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް ބަލައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ޞިއްޙީ މަރުކަޒުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގައްޔާއި، މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ޤަވާޢިދާ އެއްގޮތަށް، ވީ އެންމެ އިންސާފުވެރިކޮށް ކުރުން.

3- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ކަނޑައެޅިފައިވާ ގޮތުގެމަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރުން.

4- ޞިއްޙީ މަރުކަޒުގެ އެކިއެކި ސެކްޝަންތަކުގައި އިސްކޮށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި، އެހީތެރިކަން ފޯރުވައިދިނުން.

5- އަޕްޑޭޓްކުރަންޖެހޭ ރަޖިސްޓްރީތައް (މުވައްޒަފުންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީތައް) އަދި އެހެނިހެން މަޢުލޫމާތުތައް ޤަވާޢިދުން އަޕްޑޭޓްކުރުން.

6- ޞިއްޙީ މަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވައި، އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުން.

7- އިދާރީ މަސައްކަތްތައް ދުވަހުން ދުވަހަށް ޤަވާއިދުން ބަލަހައްޓާ ޞިއްޙީ މަރުކަޒުގެ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއެކު، ސްޓާފުން ސްޕަވައިޒްކުރުން.

8- އެހެނިހެން އޮފީސްތަކާއި، އެހެނިހެން ގޮތްގޮތުން ޞިއްޙީ މަރުކަޒާ ދެމެދު ބަދަލުކުރެވޭ ލިޔެކިޔުންތައް ހަރުދަނާގޮތެއްގެމަތިން ފައިލްކޮށް، ރައްކާކުރުމަށް މުވައްޒަފުންނަށް ބާރުއަޅައި، އެކަންތައްތައް ކުރިއަށްގެންދިއުން.

9- ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ހުރިހާ ސެކްޝަނަކުންވެސް ޤަވާޢިދުން ފޮނުވަމުން ގެންދޭތޯ ބަލައި އެކަމަށް ބާރުއެޅުން.

10- ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ބަލައި ސްޕަވައިޒްކުރުން.

11- ޞިއްޙީ މަރުކަޒުގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމްކުރުމަށް ބާރުއަޅައި، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުޞޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު، ޅ. ކުރެންދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ނޯޓް؛ މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައި ޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓްކޮށްފައިވާ ނުވަތަ އެކްރެޑިއެޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓގެ ލިޔުމާއެކު)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. ކުރެންދޫ ޞިއްޙީ މަރުކަޒުގައެވެ.  

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 6 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ،  2015 މާރޗުި 12 ވަނަ ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. ކުރެންދޫ ޞިއްހީ މަރުކަޒުންނެވެ.

ސުންގަޑި:

އިތުރު މަޢްލޫމާތު ހޯދުމަށް ގުޅާނީ 6620395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

 7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015