ބީލަން
ނަންބަރު: (IUL)306/306/2023/29
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 02 ސެޕްޓެންބަރު 2023 11:30
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން

މި ކައުންސިލްގެ ނަމްބަރ :  (IUL)306/306/2023/20 މިރަށު ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އިޢުލާނާ ގުޅިގެން ހުށައެޅުއްވި ބިޑުތައް، ހުށައަޅަންޖެހޭ ތަކެތި ހުށައަޅުއްވާފައިނުވާތީއާ، ހުށައަޅާފައިވާ އަގު ކައުންސިލުން ކަނޑައަޅަފައިވާ އަގަށްވުރެ ކުޑަވުމުގެ ސަބަބުންވަނީ ބާޠިލު ކުރެވިފައެވެ.

ވީމާ، މި ބިންތައް ބިޑު އުޞޫލުން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި ބިންތަކުގެ ތެރެއިން ބަނދަރު މޫނުމައްޗައް ވާގޮތަށް (އާއްމު ފިޔަފާރި / ފިހާރަ) ހެދުމަށް އޮތް 3 ބިމާއި، މިހާރު ދޫކޮށްފައިވާ ތެޔޮ ގުދަނުގެ ދެކުނުން އޮތްބިން ތެޔޮ ގުދަން ހެދުމަށް (ޖުމްލަ 4 ބިން) ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ފެރީޓަރމިނަލް ކައިރިން '15×'15 ބިމެއް ޕެޓްރޯލް ސެޑެއް ހެދުމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.މި ބިން ދޫކުރެވޭނީ ތެޔޮބިން ނަގާ ފަރާތަކަށެވެ. ބަނދަރުގެ މޫނުމައްޗަށްވާ ގޮތަށްހުރި ބިންތައް (1،2،1.3) ދޫކުރުމަށްހަމަޖެހިފައިވަނީ އެންމެ ކުޑަވެގެން އަކަފޫޓަކަށް މަހަކު 60.ލ  (ފަސްދޮޅަސް ލާރި) ގެ ރޭޓުން 10 އަހަރުގެ މުއްދަތަށެވެ. އަދި އެތެރޭ ބިންތަކުގެ ކުލި (ނަމްބަރ 43,) ފެށޭ އަގަކީ އަކަފޫޓަކަށް 40 ލާރި އެވެ.

ވީމާ، ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ސެޕްޓެމްބަރ 14 އިން 2023 ސެޕްޓެމްބަރ 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
  • ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 02 ވާ ހޯމަ ދުވަހުގެ 11:30 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
  • މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ރ.ރަސްމާދޫ، ދިވެހިރާއްޖެ.

ފޯން:  6580049

އީ-މެއިލް: [email protected]

13 ސެޕްޓެންބަރު 2023