ދިވެހިރާއްޖެ
ދ.އަތޮޅު ހޮސްޕިޓަލުގައި ކިއުސިސްޓަމެއް ޤާއިމުކުރުން
މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިހޮސްޕިޓަލްގައި ކިއުސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެގެން ކުރި ނަންބަރު: DHAH/2015/05 (ތާރީޚު: 29 ޖަނަވަރީ 2015) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މި މަސައްކަތް މިހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2015 ވަނަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2015 ވަނަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މި ހޮސްޕިޓަލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށެވެ.
07 ޖުމާދަލްއޫލާ 1436