ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 02 ބުރީގެ ފިހާރަ އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް.
މި ކޯޕަރޭޝަނުން ދޭ ކުރެހުމާއި ބީ.އޯ.ކިއުއާ އެއްގޮތަށް، މިކޯޕަރޭޝަނުގެ ފަރާތުން އިސްލާމިކް ސެންޓަރުގައި އަޅާ 02 ބުރީގެ ފިހާރަ އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ފަރާތްތަކުން 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ޕްރީބިޑް ބައްދަލުވުން: ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ބައްދަލުވުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިކޯޕަރޭޝަނުގައި އޮންނާނެއެވެ.
އަންދާސީހިސާބު ހުށަހެޅުން: އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގައި މިކޯޕަރޭޝަނަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ރަޖިސްޓަރީކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ.
05 ޖުމާދަލްއޫލާ 1436