ޢާންމު މަޢުލޫމާތު
ނަންބަރު: IUL(/203/2023/4WST203-)
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:39
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިއުލާން

ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރ:ު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ނ)
ގައި ރިޒޯޓުތަކުގައާއ،ި ޓޫރިސްޓު ހޮޓާތަކުގައާއި ޞިނާޢީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފެދޭ އަދި އުފައްދާ ކުނ،ި ދިވެހިރާއްޖޭގެ
މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަށް އެޅުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވެއެވ.ެ

އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭ ގިނަ ރަށްރަށަށް ތިމާވެށީގެ ގޮތުން ދިމާވެފައި އޮތް އެންމެ
ބޮޑު އެއް ގޮންޖެހުމަކީ އެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލެވޭނެ އިންތިޒާމެއް ނެތުމެވ.ެ ނަތީޖާއެއްގެ ގޮތުން އެ
ރަށްރަށުގައި އުފެދޭ ކުނިތަށް ރައްކާތެރި ގޮތުގައި ނައްތާނުލެވ،ި ގިނަ ދުވަސްތަކެއް ވަންދެން އެ ރަށްރަށުގައި ޖަމާވެފައި ހުންނަން ޖެހެއެވ.ެ
އަދި އޭގެ ސަބަބުން ސިއްޙީގޮތުންނާއ،ި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އެތަކެއް އަސަރުތައް ކުރާކަން މި އެޖެންސީއަށްވަނީ ފާހަގަ ކުރެވިފައެވ.ެ
ކަންމިހެން ހުރުމާއެކުވެސ،ް ބައެއް ރިސޯޓުތަކުންނާއި ސިނާއީ އެކިއެކި މަސައްކަތްކުރާ ރަށްރަށުން އުފެދޭ
ކުނ،ި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދާކަމުގެ މައުލޫމާތާއި ޝަކުވާ މިއެޖެންސީއަށް މިހާރަކަށް
އައިސް ގިނަ އަދަދަކަށް ލިބެމުންދާކަން ފާހަގަކުރަމެވ.ެ އަދި ހަމައެހެންމ،ެ ދެންނެވުނު ފަދައިން ރިޒޯޓުތަކުންނާއި ސިނާއީ އެކިއެކި
މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނ،ި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދަނ،ީ އެ ރަށު ކައުންސިލާއެކު
ވެވޭ އެއްބަސްވުމެއްގެ ދަށުންކަމުގައިވެސް މި އެޖެންސީއަށް މަޢުލޫމާތު ލިބިފައިވެއެވ.ެ

ދެފަރާތް ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށްވެސް ރިޒޯޓުތަކުންނާއި ސިނާއީ އެކިއެކި
މަސައްކަތްކުރާ ރަށްރަށުން އުފެދޭ ކުނ،ި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ދެންނެވުނު ދިވެހިރާއްޖޭގެ
ޤާނޫނު ނަންބަރ:ު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ ދަށުން ކުށެއްކަމުގައި ކަނޑައަޅާފައިވާކަމެވ.ެ ވީމ،ާ ކުނި މެނޭޖުކުރުމުގެ
ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވ.ެ

13 ސެޕްޓެންބަރު 2023