ބީލަން
ނަންބަރު: (IUL)247-CA/247/2023/116
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 27 ސެޕްޓެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރވިސް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

އިޢުލާން

ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހެދުމަށް ކުރެވުނު މި ކައުންސިލް އިދާރާގެ ނަންބަރު (IUL)247-CA/247/2023/110 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައި ނުވާތީ، ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ [email protected] އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ފަހު، ބިޑް ޑޮކިއުމެންޓްތައް ބިޑްގައި ރަޖިސްޓްރީ ވެލެއްވި ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ޙަރަކާތް

ސުންގަޑި

ބިޑް ރަޖިސްޓްރީކުރުން

20 ސެޕްޓެންބަރު 2023

ބުދަ

13:00

މަޢުލޫމާތު ދިނުމުގެ ސެޝަން (އޮންލައިންކޮށް)

21 ސެޕްޓެންބަރު 2023

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުން

27 ސެޕްޓެމްބަރ 2023

ބުދަ

13:00

     

                 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/7915363 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  28 ޞަފަރު  1445

13 ސެޕްޓެންބަރު 2023