ދިވެހިރާއްޖެ
ށ.އަތޮޅުގެ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން
ށ.އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ ށ. އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މާލީ އެހީ ދޫކުރެވޭނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. އަދި އެ ޕްރޮގްރާމް/ތައް ވާންވާނީ އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށެވެ.
"މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ އެހީދިނުމުގެ ގަވާއިދު" އާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ.
ގްރާންޓްގެ ނަން: ށ.އަތޮޅުގެ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުން |
އެހީގެ ފައިސާދެވޭ މިންވަރު: ޕްރޮޕޯސަލް ހުށައަޅާ ޖަމިއްޔާތަކުގެ ތެރެއިން އަތޮޅުން ހޮވާލެވޭ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ 3 ޖަމިއްޔާއަކަށް ކޮންމެ ޖަމްއިއްޔާއަކަށް 75,000/- (ހަތްދިހަ ފަސް ހާސް) ރުފިޔާއެވެ. |
ސުންގަޑި: 2023 އޮކްޓޯބަރ 12ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް |
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތް: ޕްރޮޕޯސަލްތައް ހުށައެޅުމަށް މިކައުންސިލްގެ [email protected] މެއިލްއަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ. ނޯޓް: ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން މެއިލް ލިބުނު ކަމަށް ރަސްމީ 1 ދުވަސްތެރޭގައި ޖަވާބު ނުލިބޭނަމަ 6540471 /6540472 އަށް ގުޅުއްވާ ޕްރޮޕޯސަލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. |
ޕްރޮޕޯސަލްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
|