ބީލަން
ނަންބަރު: (IUL)245-MIM /245/2023/81
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 21 ސެޕްޓެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުލިގަމު ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

         ހއ. އުލިގަމު ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM /245/2023/72 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2023 އިން 21 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 13:00 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ [email protected] އަށް އީމެއިލް ކުރައްވައިގެން، ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

  މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/ZBJZyKV8rc

         މި މަސައްކަތާއިގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރައްވައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6501012 އަށް ގުޅުއްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މި ބީލަމާއިގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 19 ސެޕްޓެމްބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގައި އުލިގަމު ކައުންސިލްގެ މީޓިންގ ރޫމްގައިއެވެ. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023  ސެޕްޓެމްބަރ  21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.

         މިބީލަމާއި ގުޅޭ މައުލޫމާތު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

13 ސެޕްޓެންބަރު 2023