ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/63
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 04 މާރިޗު 2015 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 2 (ދޭއް)              

ރޭންކް: އެމް. އެސް 3

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސަޕޯޓް އެންޑް ނެޓްވަރކް މެނޭޖްމަންޓް ޔުނިޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ ނެޓްވާރކް ފަރުމާކުރުމާއި ޑިވެލޮޕްކުރުމާއި،  ސާވާރ މެއިންޓެއިން ކުރުން.
  2. ދުވަހުން ދުވަހަށް ސާވާރ އޮޕަރޭޓިންގ ސިސްޓަމްތަކާއި، ސާވާރގައި ބޭނުންކުރާ ޕްރޮގަރާމްތަކުގެ އަޕްޑޭޓްތައް ޑައުންލޯޑްކުރުމާއި އިންސްޓޯލްކުރުން.
  3. ސާވާރއާއި ނެޓްވާރކް މެލްވެއަރއާއި ހެކާރސްގެ ކިބައިން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. އެންޓި ވައިރަސް ޑެފިނިޝަން އަޕްޑޭޓްކުރުމާއި، ނެޓްވާރކާ ގުޅިފައިހުރި ކޮމްޕިއުޓަރުތަކުގައި އެންޓިވައިރަސް އަޕްޑޭޓް ސްޓޭޓަސް މޮނީޓަރު ކުރުން.
  5. ސާވަރ ބޭނުންކުރެވެމުންދާގޮތް މޮނިޓަރކުރުމާއި، ޑޮކިއުމަންޓުކުރުމާއި، ފާހަގަކުރެވޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް ނެޓްވާރކުގައި އުޅޭނަމަ، ސެކްޝަން ވެރިންނަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުން އެޅުން.
  6. ސާވަރއާއި އެހެނިހެން ނެޓްވާރކާ ގުޅުންހުރި ހާރޑްވެއަރއާއި އެޕްލިކޭޝަންތައް އިންސްޓޯލްކޮށް ކޮންފިގަރކުރުން.
  7. ސާވަރގައި ހުންނަ ޑޭޓާ ރަނގަޅަށް ބެލެހެއްޓުމާއި، އޭގެ ބެކްއަޕް ދުވަހުން ދުވަހަށް ހެދުމާއި، ބެކްއަޕްތައް ރަނގަޅުތޯ ބަލާ ޗެކްކުރުން.
  8. ނެޓްވާރކް ޔޫސަރ އެކައުންޓްސްއާއި އެހެނިހެން ނެޓްވާރކް ރިސޯސަސް މެނޭޖްކުރުން.
  9. ނެޓްވާރކުން ލިބޭ ޚިދުމަތްތައް ބޭނުންކުރާނެގޮތުގެ މަޢުލޫމާތުދިނުމާއި، އެއާ ގުޅޭ ތަމްރީންތައް ހިންގުން.
  10. ނެޓްވާރކްގެ އަޕްޓައިމް މަތިކުރުމަށާއި، މުޅި ނެޓްވާރކްގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  11. ނެޓަވާރކާއި ސާވަރ އެޕްލިކޭޝަންތައް ދުވަހުން ދުވަހަށް ބޭނުންކުރެވޭގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
  12. އެންމެ ފަހުގެ ނެޓްވާރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވާރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްސްތައް އިންޓާރނެޓުގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.

މަޤާމުގެ ޝަރުޠު:                                               

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 މާރިޗު 9 އާއި 22 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 4 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341418 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015