ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MUH/1/2023/144
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި:
21 ސެޕްޓެންބަރު 2023 14:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދިނުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ސެޕްޓެމްބަރު 2023 ން 21 ސެޕްޓެމްބަރު 2023ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
- ކުންފުނީގެ ނަން
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ސެޕްޓެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މުޙްޔިއްދީން ސްކޫލް-
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
5. ބީލަން ހުޅުވުން އޮންނާނީ 09 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
12 ސެޕްޓެންބަރު 2023