ނީލަން
ނަންބަރު: HMC/2023/7
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 21 ސެޕްޓެންބަރު 2023 00:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2023 ސެޕްޓެމްބަރ 23 ވާ ހޮނިހިރު ދުވަހުގެ 15:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2023 ސެޕްޓެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2023 ސެޕްޓެމްބަރ 23 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބާންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 3350578 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ޞަފަރު  1445

 12 ސެޕްޓެމްބަރު 2023

12 ސެޕްޓެންބަރު 2023