ދިވެހިރާއްޖެ
ވައިކަރަދޫ ސިއްޙީ މަރުކަޒުގެ ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު: (IUL)KRH-PLD/2023/132 (31 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން ރަޖިސްޓްރޭޝަން ތާރީޚް ތިރީގައި ބަޔާންކުރެވިފައިވާ ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ދެންނެވީމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓުރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)
މުއްދަތު: 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން.
އީމެއިލް: [email protected] އަށް އީމެއިލް ކުރައްވާ ސަބްޖެކްޓް ގައި އިޢުލާނުގެ ނަންބަރު ޖެއްސެވުން އެދެން.
ފޯނު ނަންބަރު: 6521665
ބީލަން ހުޅުވުން (އަލިމަސް މާލަމް - ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު)
- ތާރީޙް: 18 ސެޕްޓެމްބަރ 2023 (ހޯމަ)
- ގަޑި: 11:00 ގައި