މަސައްކަތް
ނަންބަރު: (IUL)434-A/1/2015/17
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 03 މާރިޗު 2015 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ސ.ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރެވުނު އިޢުލާނަށް ބިޑްހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންއިން ކޮލިފައިވެފައިވަނީ އެއްފަރާތުނެކަމަށްވެފައި، އެފަރާތުން ހުށަހަޅާފައިވާއަގު ބޮޑުކަމަށްފެންނާތީ މި އެޖެންސީގެ ނަންބަރު IUL)434-A/1/2015/12) (ތާރީޚު: 08 ފެބުރުވަރީ 2015) އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވުމަށްފަހު 08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސިހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ.ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވާނެ ވާހަކަ ދެންނެވީމެވެ.

06 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015