ނީލަން
ނަންބަރު: 198-B/2023/147
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 23 ސެޕްޓެންބަރު 2023 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން!

މި ޑިޕާޓްމަންޓުގެ ނަންބަރ 198-B/2023/105 (21 އޮގަސްޓް 2023) އިޢުލާނާ ގުޅިގެން         2023 ސެޕްޓެމްބަރ 02 ވަނަދުވަހު ބޭއްވުނު ނީލަންކިއުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2023 ސެޕްޓެމްބަރ 23 ވާ ހޮނިހިރު ދުވަހުގެ 13:30 ގައި މި ޑިޕާޓްމަންޓުގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ޑިޕާޓްމަންޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2023 ސެޕްޓެމްބަރ 23 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:30 އަށް މި ޑިޕާޓްމަންޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބާންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ޑިޕާޓުމަންޓުގެ ނަންބަރު 3340815 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޞަފަރު 1445

12 ސެޕްޓެންބަރު 2023