އިޢުލާނު
|
މަޤާމު:
|
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-349426
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ އެސް 03
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 01
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބ.ކަމަދޫ ސިއްޙީ މަރުކަޒު
|
މުސާރަ:
|
-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
-/1500 (ފަނަރަ ސަތޭކަ ރުފިޔާ)
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/700 ރުފިޔާ.
- ހެލްތް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
|
|
- ޞިއްހީ ފަރުވާ ހޯދުމަށް ޞިއްޙީމަރުކަޒަށް އަންނަ މީހުންނަށް (އެމީހާ އައި ބޭނުމަކާއި ގުޅޭގޮތުން) މަގުދައްކައިދީ އެހީތެރިވެދިނުން.
- ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ޓްރައުމާ އެންޑް އިމަރޖެންސީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާއިރު އެއްވެސް ކަހަލަ މައްސަލައެއް ދިމާވޭތޯ ބަލަމުންގެންދިއުން.
- ޑިއުޓީގައި ދިމާވާ މައްސަލަތައް ޤަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު، ހައްލުނުކުރެވޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ދިއުން.
- ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްގެ ކަންތައްތައް ހަމަޖައްސައި، ބެލެހެއްޓުން.
- ޞިއްޙީމަރުކަޒަށް އަންނަ ހުރިހާ މީހުންނާމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި ހިނިތުންވުމާއި، އޯގާތެރިކަމާއިއެކު ކޮންމެ މީހަކާއިވެސް ބައްދަލުކުރުން.
- ޑިއުޓީ ގައި ތިބޭއިރު ޞިއްޙީމަރުކަޒުގައި ހިނގާ ކަންތައްތަކާއި ، އަދި ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި ، އެމަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެ ތިބުން.
- ކަސްޓަމަރ ރިލޭޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ޗެކުކޮށް ބެލެހެއްޓުން.
- ކަސްޓަމަރ ރިލޭޝަންގެ ދާއިރާއާއި ގުޅުންހުރި ކަންތައްތައް މެނޭޖްމަންޓާއި ގުޅިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- ހިދުމަތް ހޯދަންއަންނަ ފަރާތްތަކާއި ގުޅިގެން އަންނަ ޝަކުވާތަކުގެ ތެރެއިން ހައްލު ނުކުރެވޭ މައްސަލަތައް ޕްރަންޓް އޮފީސް މެނޭޖްމަންޓް ޔުނިޓްގެ ވެރިއާއަށް އެންގުން.
- ޞިއްޙީމަރުކަޒުގެ ޤަވާއިދުތަކަށް ބަލިމީހުންނާއި، އެހެނިހެން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްކުރުން.
- ޑިއުޓީގައި ދިމާވި ކަންތައްތައް، އަދި ޑިއުޓީ ނިމޭއިރު ޕެންޑިންގައި ހުންނަކަންތައްތައް ޑިއުޓީއާއި ހަވާލުވާ މުވައްޒަފަކަށް ރަގަޅަށް ކިޔައިދީ ހަވާލުކުރުން.
- އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލްތަކަށް ރެފަކުރެވޭ ބަލިމީހުން ރެފަކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި ކަމާއި ގުޅުން ހުރި މަޢުލޫމާތު ވެރިންނަށާއި، ޑޮކްޓަރުން، ނަރުހުން އަދި ޕޭޝަންޓްގެ އެހީތެރިންނަށް އެންގުން.
- އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން .
- އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާބިލްތައް (އައި.ޕީ.ޑީ/އޯ.ޕީ.ޑޯ) ކޮންމެ ރެއެއްގެ 12:00 ގެ ކުރިން ނިއްމައި ރިޕޯރޓް ތައްޔާކުރުން.
- ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބު ލިޔެ ވެރިޔަކު ލައްވާ ސޮއިކުރުވުން.
- ޑެއިލީސޭލްސް، ޓްރާންސެކްޝަން ކެންސަލް ރިޕޯރޓް، އަދި އިންވޮއިސް (ކޭޝް/ކްރެޑިޓް) ތައް ބިލްތަކާއިއެކު، ކައުންޓަރަށް ލިބިފައި ހުންނަ ފައިސާ އާއި ލިއެކިއުންތަކާއި ތަކެތި ކޮންމެ ދުވަހެއްގެވެސް ހެނދުނުގެ 08:30 ގެ ކުރިން ޞިއްޙީމަރުކަޒުގެ އޮފީހާއި ޙަވާލްކުރުން.
- ހޮސްޕިޓަލްގެ ރިސެޕްޝަންކައުންޓަރުން ބަލައިގަންނަ ފައިސާ ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
- އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމާއި އެންބިއުލާންސް ދަތުރުތައް ރެކޯޑްސްކޮށް ބެލެހެއްޓުން.
- ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސަލާމް ބުނެ އަދި ތަނަށް ދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކްރެޑިޓްގެ ދަށުން ދެވޭ ޚިދްމަތްތަކަށް، ކޮންމެ ދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަޞްލާއި އެއްގޮތަށް އިންވޮއިސް ހެދުން.
- ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލްތައް އެންޓަރ ކުރެވިފަވޭތޯބަލައި ކެންސަލް ކުރަންޖެހޭ ޓްރާންސެކްޝަންތައް ކެންސަލް ކުރުން.
- ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި ޑޮކްޓަރ ކޮޓަރިއަށާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ރިވެތިބަހުން ޖަވާބުދިނުން.
- ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.
- ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުންގެންދިއުން.
- އޯޕީޑި އޭރިއާ އާއި ކޮންސަލްޓޭޝަން ރޫމްތައް ސާފުކުރުވުމާއި، ތަނުގައި ހުންނަ ބޮކި ފަންކާ ހޮޅިބުރި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ނައިޓް ޑިއުޓީގައި ޗެކްކޮށް މައްސަލަ އެއް އުޅޭނަމަ އެކަން ސަޕޯޓްސަރވިސް ޔުނިޓަށް ކަނޑައެޅިފައިވާ އުސޫލުން އެންގުން.
- އޯޕީޑި ކައުންޓަރާއި ކޮންސަލްޓޭޝަންތަކަށް ބޭނުންވާ އެންމެހާ ތަކެތި ސްޓޮކުން ނަގާ ހަމަކުރުން.
- ސަލާމު ، އާއިލީ ޒިންމާ ނަގާމުވައްޒަފުން އެކަން ހޮސްޕިޓަލަށް ގުޅާ އެންގުމުން އެކަން ނޯޓްކުރުމަށް އޮންނަ ފޮތުގައި ނޯޓްކުރުމާއި، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު މުވައްޒަފުން ހުށަހަޅާފައި ހުންނަ ސަލާމް ފޯމް، އާއިލީޒިންމާ ފޯމް އޮފީހަށް ގެނައުން.
- ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން.
- ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
- ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
- ޞިއްޙީ މަރުކަޒުން ދެއްވާ ޓްރޭނިނގް، އެހެނިހެން ޓްރެއިނިނގްތަކުގައި ބައިވެރިވެ، އެޓްރެއިނިނގް އާއި ގުޅޭ މަޤާމުގެ މުވައްޒަފު ޗުއްޓީގައި ހުންނަވާހިނދު، ޞިއްޙީ މަރުކަޒުން އަންގަވައިފިނަމަ ޗުއްޓީގައި ހުންނަވާ މުވައްޒަފުގެ މަސްޢޫލިއްޔަތު އަދާކުރުން
|
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކްންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް :
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
- ކަސްޓަމަރ ސަރވިސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއްހޮވުމަށް ބެލޭނޭކަންތައްތައް ސިވިލްސާރވިސްގެ ވަޒީފާއތަކަށް މީހުންހޮވުމާއި އަންޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތައް 2021 ( ދެވަނަ އިސްލާހް ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
25
|
އިންޓަރވިއު
|
35
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެންބަރ 2023 ގެ 14:00 ގެ ކުރިން، ކަމަދޫ ޞިއްޙީ މަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، އިމްތިހާނު އޮންނާނީ، 22 ސެޕްޓެންބަރ 2023 އާއި 16 އޮކްޓޫބަރ 2023 އާ ދެމެދު، ކަމަދޫ ޞިއްހީ މަރުކަޒުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600744 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|