ބީލަން
ނަންބަރު: (IUL)386/386/2023/57
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 04 އޮކްޓޫބަރު 2023 11:30
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ބަނދަރުގައި 10 ކަރަންޓް މީޓަރު ހަރުކުރުން

އިޢުލާން ނަންބަރު:  (IUL)386/386/2023/57   

ޕްރޮޖެކްޓް ނަންބަރު: 09/2023   

އިޢުލާން

 

ތ. ގުރައިދޫ ބަނދަރުގައި 10 ކަރަންޓް މީޓަރު ހަރުކުރުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ބަނދަރުމަތީގައި 10 ކަރަންޓް މީޓަރަށް ކޭބަލް އަޅައި އެއާގުޅޭ ހުރިހާމަސައްކަތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 21 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.

            ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 24 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ:   [email protected]

ބީލަން ހުޅުވުން އޮންނާނީ 04 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޞަފަރު 1445

12 ސެޕްޓެންބަރު 2023

12 ސެޕްޓެންބަރު 2023