ދިވެހިރާއްޖެ
އިޢުލާން
މޭނާސްކޫލް ހޯލް އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމާ ގުޅޭ
މި ސްކޫލްގެ ހޯލް އިމާރާތުގެ ފުރާޅު ޓިނު ބަދަލު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
-
މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަނަޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
-
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 12 ސެޕްޓެމްބަރ 2023 އިން 18 ސެޕްޓެމްބަރ 2023 ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް" : https://forms.gle/FJtyxzeYRUhFdX4Z8
-
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 6 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
-
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގައި މޭނާސްކޫލްގެ މައި އިމާރާތުގައެވެ.
-
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.
-
މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
-
މޭނާސްކޫލް
-
ފޯން: 6560001
-
އީ-މެއިލް: [email protected]
12 ސެޕްޓެމްބަރ 2023
ޚާދިމްކުމ