ދިވެހިރާއްޖެ
އިޢުލާން
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތް ޑިޒައިންކުރުމާއި، އަދި ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ އިޢުލާނުގެ އެމެންޑްމަންޓް
ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތް ޑިޒައިންކުރުމާއި، އަދި ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ ނަންބަރު: TENDER/URH/2023/37 އިޢުލާނުގައިވާ ބިޑް ހުށައެޅުމަށް ހަމަޖެހިފައިވާ ތާރީޚަކީ ސަރުކާރުން ބަންދު ދުވަހެއްކަމަށް ކަނޑައެޅުމާއިގުޅިގެން، އެބީލަން ހުށަހަޅުމުގެ މުއްދަތު އިތުރު ކުރެވުނު ވާހަކަ ދަންނަވަމެވެ.
ވީމާ، މިބީލަމުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޚް: 14 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (މެންދުރު) |
މިއިޢުލާނާއި ގުޅޭ އެމެންޑެޑް މަޢުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން ކުރިން ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 އަށް ގުޅުއްވުން އެދެމެވެ.
26 ޞަފަރު 1445
11 ސެޕްޓެންބަރު 2023