ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީން 12 ފެބުރުވަރީ2015 ގައި ކޮށްފައިވާ، ނަންބަރު IUL)22-D/1/2015/40 ގެ ޢިއުލާނުގައިވާ މަޤާމަށް އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާނުކުރަމެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސަރވިސަސް ސެކްޝަން، އޮޕްރޭޝަންސް އެންޑް ލޮޖިސްޓިކްސް މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މިނިސްޓްރީގެ ބޭފުޅުން (މިނިސްޓަރ، މިނިސްޓަރުގެ ނާއިބުން) ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ގެންދަވަންޖެހޭ ލަޖޭގްތައް އެއަރޕޯޓަށް ގެންދިއުމާއި ގެނައުން.
2. މިނިސްޓްރީން އެއްތަނުން އަނެއްތަނަށް ބަދަލުކުރަންޖެހޭ މޭޒާއި ގޮނޑި ބަދަލުކުރުން.
3. މިނިސްޓްރީން ކާޕެޓްއަޅާފައިވާ ހުރިހާ ތަނެއްގައި ހޫވަރ އަޅައި ސާފުކުރުން.
4. މިނިސްޓްރީން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ މެޝިނަރީފަދަ ތަކެތި ގެންދިއުން.
5. މިނިސްޓްރީގެ ފާޚާނަތަކުގެ އިސްކުރު، ފެންކަރު، މުސްލިމު ޝަވަރު ފަދަ އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެ އެއްޗެއް ބަދަލުކުރުމުގެ މަސައްކަތް ކުރުން.
6. މިނިސްޓްރީއަށް އަލަށް ގެނެވޭ މުވައްޒަފުންނަށް ޖާގަ ހަމަޖެއްސުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި (މޭޒާއި ގޮނޑި ހަމަޖައްސައި، ކޮމްޕިޔުޓަރ ސިސްޓަމަށް ކަރަންޓާއި ނެޓްވާކް ގުޅުން) އެހީތެރިވުން.
7. މިނިސްޓްރީގެ އެތެރެއަށް ގެނެވޭ ބަދަލުތަކުގައި ޕާޓިޝަންތައް ރޫޅައި، އަލުން ޕާޓިޝަން ޖަހައި، ވާރކް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކުރުން.
8. މުވައްޒަފުން ބޭނުންކުރާ މޭޒާއި ކަބަޑުތަކުގެ ތަޅު ބަދަލުކުރުމާއި، ބައެއް ދޮރުތަކުގެ ތަޅު ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި ތަޅު ބަދަލުކުރުން.
9. ސްޓޮކަށް ބޭނުންވެގެން ގެނެވޭ ތަކެތި ސްޓޮކަށް ވައްދައި ހަރުގަނޑުތަކުގައި ބެހެއްޓުމާއި، ސެކްޝަންތަކަށް ސްޓޮކުން ދޫކުރެވޭ އުފުލައިގެން ގެންދެވޭ ތަކެތި ގެންގޮސްދިނުން.
10. މިނިސްޓްރީއާއި މިނިސްޓްރީން ބޭރުގައި ހިންގާ މިނިސްޓްރީގެ ބައެއް އެހެން ސެކްޝަންތަކުގެ ހޮޅިބުރިތައް ބަދަލުކުރަން ޖެހިއްޖެ ޙަލަތެއްގައި ހޮޅިބުރިތައް ބަދަލުކުރުން.
11. މިނިސްޓްރީން ބޭނުންނުކުރެވޭ ތަކެތި ނީލަމަށް ފޮނުއްވުމަށް އަސަރީ ހިޔާއަށް ގެންދިޔުން.
12. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކަށް ބޯފެން ގެންގޮސްދިނުން.
13. މިނިސްޓްރީގެ ހަވާލުގައިވާ ގުދަންތައް (އަސަރީ ހިޔާ، ފިލާ ބިލްޑިންގ 2 ގެ 7 ވަނަ ފަންގިފިލާ) ސާފުކޮށް ބެލެހެއްޓުން.
14. މިނިސްޓްރީގެ ފަރާތުން ބޭންކްތަކަށާއި އެނޫން ތަންތަނަށް ގެންދަންޖެހޭ ޗެކްތައް ގެންގޮސް ހަވާލުކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 މާރިޗު 9 އާއި 22 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓު www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 8 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341418 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
7 ޖުމާދަލްއޫލާ 1436