ދިވެހިރާއްޖެ
އިޢުލާން ނަންބަރު: 74 134-PRO/I/2023/
ތާރީޚް: 09 ސެޕްޓެމްބަރ 2023
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) އަށް ސ.ހުޅުމީދޫ އިން 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުން.
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ބޭނުމަށް ސ.ހުޅުމީދޫ އިން އެއަރކޮންޑިޝަންކުރި 2 ރޫމްގެ ގެއެއް 6 މަސްދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވާތީވެ އަގު ހުށައެޅުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. ވީމާ ، މިކަމަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ކުއްޔަށް ހިފަން ބޭނުންވާ ގޭގައި ހުންނަންބޭނުންވާ ކަންތައްތަކުގެ ތަފްޞީލް:
- ކޮޓަރިތައް އެއަރކޯން ކޮށްފައިވުން
- ކޮޓަރިއާއި އެޓޭޗްވެފައިހުރި ފާޚާނާ އަކާއި ފެންވަރާތަނެއް ކޮންމެ ކޮޓަރިއެއްގައި ވަކިން ހުރުން
- ސިޓިންގ ރޫމްއެއް ހުރުން
- ސާފުތާހިރު ގެއެއްކަމުގައި ވުން
- ދޮންނަމެޝިން ހުރުން
ބީލަން އިވަލުއޭޓް ކުރުމުގައި މާރކްސް ދެވޭނެ ކަންތައް:
ހުށައަޅާ އަގު % 75
ފަރުނީޗަރުގެ ފެންވަރަށް % 15
ޢިމާރާތުގެ ސާފްތާހިރުކަމަށް % 10
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
ބީލަން ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
14 ސެޕްޓެމްބަރ 2023 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް [email protected] |
14 ސެޕްޓެމްބަރ 2023 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
14 ސެޕްޓެމްބަރ 2023 |
މެންދުރުފަހު 02:00ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާނީ މެއިލް [email protected] އަށެވެ.
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިޙުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.