ދިވެހިރާއްޖެ
(IUL)38-AC/38/2023/399 :ނަންބަރު
އިޢުލާން
2023 މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/308(IUL)، (IUL)38-AC/38/2023/370، 38-AC/38/2023/372، ހަވާލާދީ ދަންނަވަމެވެ. 2023 ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ވޯޓުފޮށީގެކޯޑު |
ވޯޓުފޮށީގެނަންބަރު |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދީނު މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-1 |
G02.02.1 |
133 |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންނާއި،މ.އަތޮޅު މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ޅ. ނައިފަރު-2 |
G02.02.2 |
134 |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން އިރަށް ފިނިއުނިމާގެއާ ހިސާބުން އިރަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-3 |
G02.02.3 |
135 |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ޓިޔުލިޕް ހިނގުމުން އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންނާއި،މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-4 |
G02.02.4 |
136 |
ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، |
މި ފޮށްޓަށް ވޯޓުލާނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި (ކ. އިތާފުށި) |
Z55.1.1 |
468 |
މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ، ލެވަލް 11، ޔުނިޓް E-11-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ |
މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ މައްޗަންގޮޅި، ގަލޮޅު، މާފަންނު، ވިލިމާލެ، ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
މެލޭޝިއާ / ކުއަލަލަމްޕޫރް - 1 |
W02.1.1 |
403 |
މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ، ލެވަލް 11، ޔުނިޓް E-11-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ |
މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ ހެންވޭރު، ހުޅުމާލެ އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
މެލޭޝިއާ / ކުއަލަލަމްޕޫރް - 2 |
W02.1.2 |
404 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.