މަސައްކަތް
ނަންބަރު: (IUL)KRH-PLD/2023/134
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:16
ސުންގަޑި: 21 ސެޕްޓެންބަރު 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުރިނބީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ކުރުމުގެ މަސައްކަތް.

މި އިޢުލާނަކީ ކުރިނބީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު އެނެކްސް 1 އަދި 2 ގައި ބަޔާންކޮށްފައިވާނެއެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 7 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. މި އިޢުލާނަށް ރަޖިސްޓަރ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ އީ-މެއިލްތަކުގެ ސަބްޖެކްޓް ގައި އިޢުލާނު ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
  4. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 03 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ އިޢުލާން ކުރެވިފައިވާ ތާރީޙުން ފެށިގެން 21 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
  6. މަޢުލޫމާތު ކަރުދާހާއެކު މި އިޢުލާނާއިގުޅޭ މަޢުލޫމާތުތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  7. ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
  8. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
  • ތާރީޚް: 26 ސެޕްޓެންބަރު 2023 (އަންގާރަ ދުވަސް)
  • ގަޑި: 11:00 ގައި
07 ސެޕްޓެންބަރު 2023