ދިވެހިރާއްޖެ
(IUL)321-A/321/2023/202 :ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލަށް ގަންނަން ބޭނުންވާ 30 ބައްތިއާއި 30 ބައްތި ދަނޑިއާއި 30 ބައްތި ދަނޑީގެ ބުޑު މި ކައުންސިލުން ދޭ ސްޕެސިފިކޭޝަންއާ އެއްގޮތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2023/180 (08 އޮގަސްޓް 2023) ޢިއުލާނުގައި އިދާރީ ކުށެއް ވާކަމަށް ފާހަގަކުރެވިފައިވާތީ، މި ޢިއުލާން ބާތިލްކޮށް، އެ ކުށް އިޞްލާހުކޮށް އަލުން މިކަމަށް ފުރުސަތު ހުޅުވައިލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2023 ސެޕްޓެމްބަރ 07 ން 2023 ސެޕްޓެމްބަރ 13 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti
- ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2023 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ
ފޯން: 6600043
އީމެއިލް: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2023 ސެޕްޓެމްބަރ 19 ވާ އަންގާރަ ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.