ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގެ ޔުނިޓް 2، 3 އަދި 4 މަންޑޭލާ ރޫލްސްއާ އެއްގޮތަށް ބަދަލު ގެނައުމަށްޓަކައި، އެ 3 ޔުނިޓްގެ ގޮޅިތަކުގެ ފާޚާނާ ފާރުތަށް އުސްކުރުމާއި ފާޚާނާތަކުގައި ދޮރުފަތް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:- (IUL)167-PR/167/2023/54 އިއުލާނާއި ގުޅިގެން ހުށަހަޅައިފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް (ފާޙާނައެއް މަރާމާތު ކުރުމަށް ހުށަހަޅައިފައިވާ އަގު) ފެންނާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި ސަރވިސްގެ ހެޑް އޮފީހަށް (ރޭޑިއޯ ބިލްޑިންގ، އަމީނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރުން |
20 ސެޕްޓެންބަރ 2023 |
ބުދަ |
11:30 |
އަންދާސީ ހިސާބު ހުށައެޅުން |
26 ސެޕްޓެންބަރ 2023 |
އަންގާރަ |
11:30 |