ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2023/120
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 20 ސެޕްޓެންބަރު 2023 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާގުޅޭ

 

އިޢުލާން

ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ

ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރައްޔިތުން ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރުވެރި އަދި ޖާވާބުދާރީވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން 2010/7 އިން ލާޒިމްކުރެއެވެ. އެހެންކަމުން މިކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު " ކައުންސިލަށް ލަފާދޭ ކޮމެޓީ " މިކައުންސިލްގެ އޖ/2022/04/55 ނަންބަރު ބައްދަލުވުމުން އެކޮމެޓީ އުވާލައި އައުކޮމެޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މިގޮތުގެމަތިން މި ކައުންސިލްގެ ލަފާދޭ ކޮމެޓީ އަލުން އެކުލަވާލުމަށްޓަކައި ކޮމެޓީގެ މެމްބަރަކަށް ވުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރު އެނގޭގޮތަށް 20 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

 07 ސެޕްޓެމްބަރ 2023

07 ސެޕްޓެންބަރު 2023